##siteName##

 ޔޫސުފް ޢަލައިހިއްސަލާމް
 

ހުވަފެނުގެ ތަޢުބީރު- ޔޫސުފު ޢަލައިހިއްސަލާމްގެ ވާހަކަ(23)

ޔަޢުޤޫބުގެފާނުގެ އަރިހަށް ޔޫސުފުގެފާނުގެ ޤަމީސްކޮޅު

 

ޔޫސުފުގެފާނު އެކަލޭގެނުގެ ބައްޕާފުޅު ޔަޢޫޤޫބުގެފާނާ ބައްދަލުކުރައްވަވަން ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގެންނެވިއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އެދެބަފައިކަލުން ވަކިވެވަޑައިގެންނެވިފަހުން އެތަކެއް ޒަމާންތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ދެން މިހާރު އެކަލޭގެފާނު އިންތިޒާރު ކުރައްވަވަންވީ ކީއްވެތޯއެވެ؟ އެކަލޭގެފާނަކީ ޔޫސުފުގެފާނުކަން މިހާރު އެނގިއްޖެއެވެ.

އެދެބަފައިކަލުން ވަކިވެވަޑައިގެންނެވި ދުވަހުއްސުރެ އެކަލޭގެފާނުގެ ބައްޕާފުޅަށް ހަމަނިންޖެއް ލިބިވަޑައެއްނުގަންނަވައެވެ. ރަނގަޅަކަށް ފަރީއެއްނުކުޅުއްވެވެއެވެ. އެކަމާ ހިތާމަކުރައްވަވާ ކީރިތިކުރައްވަވަމުން ގެންދެވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅުގެ ފެނުންވަނީ ގެއްލިގެންގޮސްފައެވެ.

އެހެންކަމުން ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަމީސްކޮޅު އެމީހުންނަށް ދެއްވަވާފައި ވިދާޅުވިއެވެ. (اذْهَبُواْ بِقَمِيصِي هَـذَا فَأَلْقُوهُ عَلَى وَجْهِ أَبِي يَأْتِ بَصِيرًا وَأْتُونِي بِأَهْلِكُمْ أَجْمَعِينَ) " ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން (ބައްޕާފުޅުގެ އަރިހަށް) ދާށެވެ. އަދި ބައްޕާފުޅުގެ މޫނުފުޅު މައްޗަށް މި ގަމީސްކޮޅު އެއްލާށެވެ. އޭރުން ލޮލަށް ފެންނަ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވެވަޑައިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ އަހުލުވެރީން އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ."

އެ ގަމީސްކޮޅު ހިފައިގެން އެބައިމީހުން ކަންއާނަށް ދިއުމާއެކު އެކަލޭގެފާނަށް ޔޫސުފުގެފާނުގެ ވަސް އިޙުސާސްކުރެވިއްޖެއެވެ. އަދި ވިދާޅުވިއެވެ. (إِنِّي لَأَجِدُ رِيحَ يُوسُفَ) " ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ޔޫސުފުގެވަސް އެބަދުވައެވެ." އެހިނދު އެކަލޭގެފާނުގެ އަރިހުގައި ތިބި މީހުން ބުންޏެވެ. (تَاللّهِ إِنَّكَ لَفِي ضَلاَلِكَ الْقَدِيمِ) " ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް ޚިޔާލުގައިކަން ކަށަވަރެވެ." ކުށްޚިޔާލެއްގައި ތިބީ އެމީހުންނެވެ. އެހެނެއްކަމަކު އެކަލޭގެފާނު ވަނީ ތެދުވެރީންގެ ތެރެއިންނެވެ.

ޔޫސުފުގެފާނުގެ ޤަމީސްކޮޅު ހިފައިގެންދިޔަ މީހުން ޔަޢުޤޫބުގެފާނުގެ އަރިހަށްގޮސް ޤަމީސްކޮޅު އެކަލޭގެފާނުގެ މޫނުފުޅު މައްޗަށް އެއްލިއެވެ. އެހިނދު ލޮލަށް ފެންނަ ބޭކަލަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގަތެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. (أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ مِنَ اللّهِ مَا لاَ تَعْلَمُونَ) " ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް ތިމަންކަލޭގެފާނު ވިދާޅެއްނުވަން ހެއްޔެވެ؟ "

އެހިނދު އެކަލޭގެފާނުގެ ބޭފުޅުން ބުންޏެވެ. (يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ) " އޭ ބައްޕާފުޅާއެވެ! އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް ދެއްވަވާށެވެ. ހަމަކަށަވަރުން އަޅުގަނޑުމެންވަނީ ކުށްވެރީން ކަމުގައެވެ." ޖަވާބުގައި ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. (سَوْفَ أَسْتَغْفِرُ لَكُمْ رَبِّيَ إِنَّهُ هُوَ الْغَفُورُ الرَّحِيمُ) "ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދެއްވެވުން އެދި ތިމަންކަލޭގެފާނުގެ ވެރިއިލާހަށް ދުޢާ ދަންނަވާހުށީމެވެ. ހަމަކަށަވަރުން އެއިލާހީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

 

- ނުނިމޭ - 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް