##siteName##

 ބޭބެގެ ޤަލަމުން
 

ކޮއްކޮގެ 40 ޙަދީޘް - ފުރަތަމަ 5 ޙަދީޘް

ކޮއްކޯއެވެ! ނޫރުލްއިސްލާމްގެ ފަރާތުން ކޮއްކޮއަށް މިހުށަހަޅާދެނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ ތެރެއިން ބައެއް ޙަދީޘެވެ.

މިއީ ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އެކުލަވާލައްވާފައިވާ ކުޑަކުދިންގެ 40 ޙަދީޘް މިފޮތެވެ.

ތިޔަކުދިންނަށް ދަސްކުރުމަށް ފަސޭހައަކަށް ބޭބެމެން މި ސައިޓުގައި ހިމަނާލާނީ ފަހަރަކު 5 ޙަދީޘެވެ.

 

 

1-   ޢަމަލު ޞައްހާނުވާނެ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

إِنَّمَا اْلأَعْمَالُ بِالنِّيَّاتِ  (متفق عليه)

ހަމަކަށަވަރުން ޢަމަލުތައް ޤަބޫލުވުން ހުރީ ނިޔަތާ ލައިގެންނެވެ.

 

2-   ހިޖްރައެއް:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ (رواه البخاري)

މުހާޖިރަކީ، ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގަންނަ މީހާއެވެ.

 

3-   ޤިޔާމަތް ދުވަހުގެ އެކުވެރިޔާ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

الْمَرْءُ مَعَ مَنْ أَحَبَّ يَوْمَ الْقِيَامَةِ  (متفق عليه)

ޤިޔާމަތް ދުވަހުން މީހާވާހުށީ ތިމާ އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާ އެކުގައެވެ.

 

4-   ﷲއާ ގުޅިފައިވާ އަޅާ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

اِتَّقِ اللَّهَ حَيْثُمَا كُنْتَ (متفق عليه)

ކަލޭވީ ކޮންމެ ތަނެއްގައި ﷲއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ.

 

5-   އެންމެބޮޑު ދޮގު:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ (رواه البخاري)

ކުށްހީތަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ. ދަންނާށެވެ! ކުށްހީއަކީ އެންމެބޮޑު ދޮގެވެ. 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް