##siteName##

 ރިވެތި އަޚްލާޤު
 

ހެޔޮބަސް-1

ފާޠިމަތު ޖުމާނާ ޢަބްދުލްހާދީ

 

ކޮއްކޮމެންގެ ދެއަތުގެ ޖާދޫ ކޮއްކޮމެންނަށް އެނގޭހެއްޔެވެ؟ ހުރިހާ އިނގިއްޔަކަށް ބެލިކަމުގައިވިޔަސް ފެންނާނީ ތަފާތުކަމެކެވެ. އެއްވެސް އިނގިއްޔެއް އެއްވަރު ނުވެއެވެ. އަތުގެ ދެފުށަށް ކަމުގައިވިޔަސް ދެފުށުން ވެސް ފެންނާނީ ދެކުލަ އެކެވެ. އެއްފުށުގައި ހުދު ކުލައެކެވެ. އަނެއްފުށުގައި ކަޅު ނުވަތަ ދޮން ކުލައެކެވެ. އެއްކުލައެއް ނުފެނެއެވެ. އެހެންނަމަވެސް މި ދެއަތުން ކޮއްކޮމެން ކުރަން ބޭނުންވާ ހުރިހާ ކަމެއް ވެސް ކުރެވެއެވެ. ދެފުށުގެ ކުލައިން ރުޅިގަދަ އެއްވެސް ނުވަމެވެ. ބޭނުންވާ ކަމެއް ކުރެވުމުން އުފާވެއެވެ.

ކޮއްކޮމެންނަށް އެނގޭ ހެއްޔެވެ؟ ކޮއްކޮގެ މަންމަ އާއި ބައްޕަގެ ވެސް ތިބޭނީ އެކިވަރުގެ ކުދިންނެވެ. ބައެއްކުދިން ދިގުވާނެއެވެ. އަނެއްބައި ކުދިން ކުރުވާނެއެވެ. އަނެއްބައި ކުދިން ފަލަވާނެއެވެ. އަނެއްބައި ކުދިން ހިކިވާނެއެވެ. އަނެއްބައިކުދިން ކަޅުވާނެއެވެ. އަދި އަނެއްބައި ކުދިން ދޮންވާނެއެވެ. މިހެންވުމުން ބައެއް ކުދިންނަށް ރުޅި އާދެއެވެ. އަނެއްބައިކުދިން ދެރަވެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ވަރަށް ތަފާތު ކުރެވެއެވެ. އެކަމަކު އެއީ ވަރަށް ގޯސް ކަމެކެވެ.

ކޮއްކޮމެންނަށް އެކަން އެނގޭ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކޮންމެ ސިފައެއްގައި ހުއްޓަސް އެއީ ހަމަ ކޮއްކޮމެންގެ ދައްތަ ، ބޭބެ ، ކޮއްކޮ ނުވަތަ ކޮންމެވެސް ތިމާގެ މީހެކެވެ. ކޮންމެ ކުއްޖަކަށްވެސް އެއްކުއްޖަކު އަނެއްކުއްޖަކު ބޭނުންވާ ކަންތައްތައް ކޮށްދެވޭނެއެވެ. އެހީތެރިވެވޭނެއެވެ. އެއް ކުއްޖަކު އަނެއްކުއްޖަކަށް އެކި ކަންކަމުގައި އެހީތެރިވުމަކީ ވަރަށް މާތް ހުރިހާ އެންމެންވެސް ވަރަށް ލޯބިވާނެ ސިފައެކެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށްވާން ވާނެއެވެ. އެއްވެސް ކުއްޖަކު ދެރަކޮށް ތިޔައީ އަހަންނަށް ވުރެ މާ ކަޅު ކުއްޖެކޭ ތި ކުއްޖާ އާއި އެކީ ނުކުޅޭނަމޭ ނުބުނައްޗެވެ. އޭރުން އެ ކުއްޖަކު ވަރަށް ދެރަވާނެއެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ހަމަ ކޮއްކޮ ފަދަ ކުއްޖެކެވެ. ކޮއްކޮ އާއި ދިމާލަށްވެސް ތިޔައީ ހާދަ ފަލަ ، ކަޅު ކުއްޖެކޭ ބުނެފިއްޔާ ދެރަވާނެއެވެ. އެއްވެސް ކުއްޖަކު ޚާއްސަކޮށް އެއްބަނޑު އެއްބަފާ އެއްވެސް ކޮއްކޮ އެއް ބޭބެ އެއް ތަފާތު ނުކުރައްޗެއެވެ. އޭރުން ތި ހުރިހާ ކުދިންނަކީވެސް ވަރަށް ބަސް އަހާ ކުދިންނަށް ވާނެއެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް