##siteName##

 ބޭބެގެ ޤަލަމުން
 

ކޮއްކޯއެވެ. ބަންގި ގޮވުމުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދާށެވެ.

 

ކޮއްކޯއެވެ. ބަންގި ގޮވުމަކީ ވަރަށްވެސް ގިނަ ގުނަ ސަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. އެހެންނަމަވެސް ހުރިހާ އެންމެންނަށް ބަންގި ގޮވުމުގެ ފުރުޞަތު ނުލިބޭނެއެވެ.

އެހެންކަމުން އަހރެމެން އެންމެންނަށް ބަންގި ގޮވުމުގެ ސަވާބު ލިބޭނެގޮތް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދަސްކޮށް ދެއްވާފައެވެ. އެއީ؛

ބަންގި ގޮވާ މީހާއާއި އެކީ ބަންގީގެ ކަލިމަތައް ކިޔަމުން ގެންދިޔުމެވެ. އަދި ބަންގި ގޮވާ މީހާ " حَـيَّ عَلـى الصَّلاة" އަދި " حَـيَّ عَلـى الْفَـلاح" ކިޔުމުން " لا حَـوْلَ وَلا قُـوَّةَ إِلاّ بِالله" މިފަދައިން ކިޔުމެވެ.

އަދި ބަންގި ގޮވާ ނިމުމުން ބަންގީގެ ދުޢާ ކިޔުމެވެ.

ކޮއްކޯއެވެ! ބަންގި ގޮވާ މީހާއާއެކު ބަންގީގެ ކަލިމަތައް ތަކުރާރުކޮށް އެއަށްފަހު، ބަންގި ގޮވާ ނިމުމުން މި ދުޢާކޮށްފި މީހަކަށް ޤިޔާމަތްދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަފާޢަތް ލިބޭނެއެވެ.

ކޮއްކޯއެވެ! ވިސްނާލާށެވެ! ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު، މިދުޢާ ކުރާ މީހަކަށް ޝަފާޢަތްތެރިވެ ވަޑައިގަންނަވާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެހެންކަމުން މިދުޢާ ކުރުން މަތީ ދެމިހުރުމަށް އާދަ ކުރާށެވެ.

اللّهُمَّ رَبَّ هَذِهِ الدّعْوَةِ التّامَّة وَالصّلاةِ القَائِمَة آتِ محَمَّداً الوَسيلةَ وَالْفَضيلَة وَابْعَثْه مَقاماً مَحموداً الَّذي وَعَدْتَه، إِنَّكَ لا تُخْلِفُ الميعاد.

އޭ ﷲ އެވެ!  ފުރިހަމަވެގެންވާ މިގޮވައިލުމާއި ޤާއިމުވެގެންވާ ނަމާދުގެ ވެރި އިލާހެވެ! މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ވަޞީލަތާއި ފަޟީލަތް ދެއްވާނދޭވެ! އަދި އިބައިލާހު އެކަލޭގެފަނަށް ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި މަޤާމަށް އުފުއްލަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ ވަޢުދާ ޚިލާފުވެވޮޑި ނުގަންނަވައެވެ.

  

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް