##siteName##

 ކޮއްކޮއަށް އެނގޭތަ؟
 

ކޮއްކޮގެ 40 ޙަދީޘް (ފުރަތަމަ 10 ޙަދީޘް)

ކޮއްކޯއެވެ. ތިރީގައި މި ހުށަހަޅާލަނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްތަކެވެ.

ކޮއްކޯއެވެ. ޙަދީޘަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅެވެ. ނުވަތަ އެކަލޭގެފާނުގެ ޢަމަލުފުޅެވެ. ނުވަތަ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއް ހިނގުމަށްފަހު އެކަލޭގެފާނު އެކަމެއް މަނާ ނުކުރައްވާ ކޮންމެ ކަމެކެވެ.

މިޙަދީޘްތައް މާނައާއި އެކުގައި ދަސްކުރާށެވެ. އަދި މީގައި ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށް މަސައްކަތް ކުރާށެވެ.

ﷲ ތަޢާލާ ކޮއްކޮއަކީ އިސްލާމްދީން އުނގެނި، ދީނުގައިވާ ގޮތަށް ޢަމަލުކުރާ ތެދުވެރި މުސްލިމެއް ކަމުގައި ލައްވާށިއެވެ! އާމީން.

 

 

1-    ޢަމަލު ޞައްހާނުވާނެ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

إِنَّمَا اْلأَعْمَالُ بِالنِّيَّاتِ  (متفق عليه)

ހަމަކަށަވަރުން ޢަމަލުތައް ޤަބޫލުވުން ހުރީ ނިޔަތާ ލައިގެންނެވެ.

 

2-    ހިޖްރައެއް:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ (رواه البخاري)

މުހާޖިރަކީ، ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގަންނަ މީހާއެވެ.

 

3-    ޤިޔާމަތް ދުވަހުގެ އެކުވެރިޔާ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

الْمَرْءُ مَعَ مَنْ أَحَبَّ يَوْمَ الْقِيَامَةِ  (متفق عليه)

ޤިޔާމަތް ދުވަހުން މީހާވާހުށީ ތިމާ އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާ އެކުގައެވެ.

 

4-    ﷲއާ ގުޅިފައިވާ އަޅާ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

اِتَّقِ اللَّهَ حَيْثُمَا كُنْتَ (متفق عليه)

ކަލޭވީ ކޮންމެ ތަނެއްގައި ﷲއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ.

 

5-    އެންމެބޮޑު ދޮގު:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ (رواه البخاري)

ކުށްހީތަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ. ދަންނާށެވެ! ކުށްހީއަކީ އެންމެބޮޑު ދޮގެވެ.

 

6-    ހެޔޮކަމުގައި އެއްވަރު ދެމީހުން:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ (رواه مسلم)

ހެޔޮކަމަކަށް މަގުދައްކައިފި މީހާއަށް، އެހެއުކަން ކުރާމީހާއާ އެއްފަދައިން ޘަވާބު ލިބޭނެތެވެ.

 

7-    އިސްލާމީ ރިވެތި އަދަބު:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ (رواه الترمذي)

މީހާގެ އިސްލާމީ އަދަބުގެ ތެރެއިން ހިމެނޭ އެއްކަމަކީ، ތިމާއާ ނުބެހޭ ކަންތައްތަކާ ދުރުހެލިވެ ހުރުމެވެ.

 

8-    ރަނގަޅު ގޮތުގައި ދޫ ބޭނުން ކުރާށެވެ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ اْلآخِرِ فَلْيَقُلْ خَيْرًا أَوْ لِيَسْكُتْ (رواه الشافعى وأحمد)

ﷲއަށާއި، އާޚިރަތްދުވަހަކަށް އީމާންވާމީހާ، ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނަހުށިކަމެވެ.

 

9-    ފުރިހަމަ މުސްލިމަކަށްނުވޭ:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

مَنْ غَشَّنَا فَلَيْسَ مِنَّا (رواه أحمد ومسلم)

އަހަރެމެން މުސްލިމުންނަށް މަކަރު ހަދައިފި މީހާއީ އަހަރެމެންގެ ތެރޭންވާ މީހެއްނޫނެވެ.

 

10-          ބޮޑު ފާފައެއް:

رَسُولُ اللَّهِ  صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاَةُ ، فَمَنْ تَرَكَهَا فَقَدْ كَفَرَ (رواه أحمد والترمذى والنسائى)

ކާފިރުންނާ އަހަރެމެން މުސްލިމުންނާ ދެމެދު ތަފާތުކޮށްދޭން އޮންނަ ހުރަހަކީ، ނަމާދެވެ. ދަންނާށެވެ! ނަމާދު އަޅައިފިމީހާއީ ކުފުރުގެ ޢަމަލެއް ކޮށްފި މީހެކެވެ.

 



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް