##siteName##

 ކޮއްކޮއަށް އެނގޭތަ؟
 

ކޮއްކޯއެވެ!! އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ފަސްރުކުން ކޮއްކޮމެން ދަންނަމު ހެއްޔެވެ؟

ކޮއްކޯއެވެ!! އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ފަސްރުކުން ކޮއްކޮމެން ދަންނަމުހެއްހެއްޔެވެ؟

ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ފަސްރުކުރުން ބަޔާންކޮށްދެއްވާފައެވެ. ނިކަން އެކަލޭގެފާނުގެ މި ޙަދީޘްފުޅުގެ މާނަ ކިޔާލާށެވެ.

عَنْ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:

بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَحَجِّ الْبَيْتِ.

މާނަ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިކަމަށް އިބްނު ޢުމަރު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ.

"އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ: މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހެއްނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، އަދި ނަމާދު ޤާއިމު ކުރުމާއި، އަދި ޒަކާތް ދިނުމާއި، އަދި ރަމަޟާން މަހު ރޯދަ ހިފުމާއި، އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމެވެ."

ލޮބުވެތި ކުދިންނޭވެ!! މަތީގައި އެވާ ހަދީޘްގައިވާ ފަސްރުކުނަކީ މިއީއެވެ.

1-               ( شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ) " މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހެއްނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން". މިއީ ޝަހާދަތުގެ ދެކަލިމައެވެ. ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކޮއްކޮމެން ޝަހާދަތް ކިޔަމުދޯއެވެ! ވަރަށް ރަނގަޅެވެ. ކޮންމެ ރެޔަކުވެސް ކިޔަންވާނެއެވެ. އަދި ކޮއްކޮގެ ހިތުގެ އަޑިން ތެދުކޮށް މިކަމަށް އީމާންވެ ހެކިވާން ޖެހޭނެއެވެ.

2-               ( إِقَامِ الصَّلَاةِ ) "ނަމާދު ޤާއިމު ކުރުން". ހުރިހާ ކުދިންވެސް ނަމާދު އޭގެ ވަގުތުގައި ކުރަންޖެހޭނެއެވެ. ނަމާދު ޤާއިމުކުރުގެ މާނައަކީވެސް ނަމާދު އޭގެ ވަގުތުގައި ފުރިހަމަކޮށް ކުރުމެވެ. މިއީ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ވީމާ، ހުރިހާ ކުދިންވެސް ނަމާދަށް ފަރުވާތެރިވެ އޭގެ ވަގުތުގައި ކުރުމަށް ލޯބިކުރަންޖެހޭނެއެވެ.

3-               ( إِيتَاءِ الزَّكَاةِ ) "ޒަކާތް ދިނުން". މުދާ ނުވަތަ ލާރި ހުރެ އޭގެ ޢަދަދު ހަމަވެ އަހަރު ވުމުން މާތް ﷲ އަށްޓަކައި ނެރޭ ކުޑަ ކުޑަ އެހެނެއްކަމަކު ބަރަކާތްތެރި އެތިކޮޅެކެވެ. ޢާއްމުކޮށް ބުނަނީ ނަމަ 40 ރުފިޔާއިން 1 ރުފިޔާއެވެ. ކޮއްކޯއެވެ! ކޮއްކޮމެން އަތުގައި އަދި މުދާނެތަސް މުދާ ލިބުނު ދުވަހަކުން މިކަން ކުރަން ޖެހޭނެއެވެ. ވީމާ، މިހާރުންސުރެ މިކަމަށް ހޭނުމަށްޓަކައި ކޮއްކޮމެންގެ އަތުގައި ހުންނަ ކުޅޭ އެއްޗިއްސާއި މެޓާފަދަ ތަކެތި އެހެންކުދިން އެދުމުން ދޭން އާދަކުރާށެވެ. މީރު އެއްޗެއް ކާލާނަމަ ބޭބެމެން މަންމަމެންނަށްވެސް ދީގެން ކާލާށެވެ.

4-               ( صَوْمِ رَمَضَانَ ) "ރަމަޟާން މަހު ރޯދަ ހިފުން". ކޮއްކޯއެވެ! ރަމަޟާން މަހު މަންމަމެން އަދި ބައްޕަމެން ރޯދަ ހިފާ އިރު ކޮއްކޮވެސް ރޯދަ ހިފަން އާދަކުރާށެވެ. އޭރުން ކޮއްކޮ ބޮޑުވީމާ ހުންނާނީ މިކަމަށް އާދަވެފައެވެ. އޭރުން ވަރަށް ފަސޭހަ ވާނެއެވެ.

5-               (حجّ الْبَيْتِ ) "ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުން". މިއީ ކުޅާދަނަކަން ހުރި މީހުން ޢުމުރުން އެއްފަހަރު ކުރަންޖެހޭ އަޅުކަމެކެވެ. މިކަން ކުރެވޭނީ ކޮއްކޮމެން އަބަދުވެސް އަޑުއަހާ "ގެފުޅު" ހުންނަ މައްކާއަށް ގޮހެވެ. މިއީ މައްކާގައި ކުރާ އަޅުކަމެކެވެ. މިވަގުތުން ފެށިގެން ކޮއްކޮ ޙައްޖުވުމަށް ޢަޒުމް ކަނޑައަޅާށެވެ. އޭރުން މާތްﷲ ގެ އިރާދަފުޅުން ކޮއްކޮ ބޮޑުމީހަކަށްވެ މަސައްކަތް ކޮށްގެން ޙައްޖު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މަތީގައި ކުރުގޮތަށް މި ލިޔެލެވުނީ މާތްވެގެންވާ އިސްލާމްދީނުގެ ފަސް ރުކުނެވެ. މިއަދުން ފެށިގެން މި ފަސްރުކުރުން ކޮއްކޮމެންގެ ހިތުގައި ބަހައްޓާށެވެ. އަދި މި ފަސްރުކުނަށް އިސްކަންދޭށެއެވެ. 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް