##siteName##

 ޔޫސުފް ޢަލައިހިއްސަލާމް
 

ހުވަފެނުގެ ތަޢުބީރު- ޔޫސުފު ޢަލައިހިއްސަލާމްގެ ވާހަކަ (25)

 

ޔޫސުފުގެފާނު އަވަހާރަވުން 

 

ޔޫސުފުގެފާނު، ﷲ މަތިން ހަނދުމަނައްތާ އެއްޗަކަށް އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ވެރިކަން ނުހައްދަވައެވެ. އެ ނިޢުމަތްތައް ދެއްވެވި ކަމަށްޓަކާ ﷲ ތަޢާލާއަށް ޙަމްދު ކުރައްވަވައި ޝުކުރު ކުރެއްވެވުން މަތީ އެކަލޭގެފާނު ދެމިހުންނެވިއެވެ. އެކަލޭގެފާނާއި ﷲ ޙަވާލުކުރެއްވެވި ވެރިކަން އެއިލާހު އަމުރު ކުރެއްވެވި ގޮތަށް އެކަލޭގެފާނު ގެންދެވީ ކުރައްވަވަމުންނެވެ.

ވެރިކަމަކީ އެކަލޭގެފާނުގެ އަރިހުގައި މާ އަގުހުރި އެއްޗެއް ނޫނެވެ. އެހެންކަމުން އެކަލޭގެފާނު ވެރިންނާއެކު މަޙުޝަރު ކުރެވޭ ބޭކަލެއް ކަމުގައިވުމަށް އެދިވަޑައެއްނުގަންނަވައެވެ. އެހެނެއްކަމަކު އެކަލޭގެފާނު އެދިވަޑައިގަންނަވަނީ ހެޔޮލަފާ ޞާލިޙު އަޅުންނާއެކު މަޙުޝަރު ކުރެވޭ ބޭކަލެއް ކަމުގައި ވުމަށެވެ.

އެކަލޭގެފާނުގެ ދުޢާއަކީ (رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الأَحَادِيثِ فَاطِرَ السَّمَاوَاتِ وَالأَرْضِ أَنتَ وَلِيِّي فِي الدُّنُيَا وَالآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ) " އަޅުގެ ވެރި އިލާހެވެ! ހަމަކަށަވަރުން އިބައިލާހު މިއަޅާއަށް ވެރިކަން ދެއްވެވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށް ދެއްވެވީމުއެވެ. އިސްވެދިޔަ މިސާލަކާއި ނުލައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ! ދުނިޔެއާއި އާޚިރަތުގެ މިއަޅާގެ އެހީތެރިއަކީ އިބައިލާހެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙު އަޅުންގެތެރެއިން މިއަޅާ ލައްވާނދޭވެ! "

ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވަވައި މުސްލިމެއްގެ ގޮތުގައި އެކަލޭގެފާނުގެ މަރުގެންދެވިއެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢޫޤޫބުގެފާނާއި ކާފާފުޅު އިސްޙާޤުގެފާނާއި އިބްރާހީމްގެފާނުގެ އަރިހަށް އެކަލޭގެފާނު ގެންދެވިއެވެ.

 

- ނިމުނީ - 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް