##siteName##

 ޔޫސުފް ޢަލައިހިއްސަލާމް
 

ހުވަފެނުގެ ތަޢުބީރު- ޔޫސުފު ޢަލައިހިއްސަލާމްގެ ވާހަކަ (24)

 

ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ އަރިހަށް

 

ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ އަރިހަށް މިޞްރަށް ދަތުރުފެއްޓެވިއެވެ. އެކަލޭގެފާނު މިޞްރަށް ވަޑައިގެންނެވުމުން ޔޫސުގެފާނު އެކަލޭގެފާނާ ބައްދަލުކުރެއްވެވީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ. އެދެބަފައިކަލުން ބައްދަލުވެވަޑައިނުގަންނަވާތާ އެތައް ދުވަހެއް ވުމަށްފަހު އަނެއްކާވެސް ﷲގެ ރަޙުމަތުން ބައްދަލުވެވަޑައިގަތީއެވެ.

އެދުވަހަކީ މުޅި މިޞްރުގެ ތާރީޚުގައިވެސް ފާހަގަ ކުރވިގެން ދިޔަ ދުވަހެކެވެ. އެއީ ބަރަކާތްތެރި ދުވަހެކެވެ. (وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّواْ لَهُ سُجَّدًا) " އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅު (އެކަލޭގެފާނުގެ) ތަޚުތައް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް ސަޖިދައަށް ތިރިވިއެވެ." އެހިނދު ޔޫސުފުގެފާނު ވިދާޅުވިއެވެ. (وَقَالَ يَا أَبَتِ هَـذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا) " އޭ ބައްޕާފުޅާއެވެ! މިއީ އަޅުގަނޑަށް ފެނުނު ހުވަފެނުގެ ތަޢުބީރެވެ. ހަމަކަށަވަރުން އަޅުގަނޑުގެ ވެރިއިލާހު އެ ހުވަފެން ޙަޤީޤަތެއް ކަމުގައި ލެއްވެވީއެވެ. "

އާއެކެވެ. އެއީ ޔޫސުފުގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް ފެނި ވަޑައިގެންނެވި ހުވަފެނުގެ ތަޢުބީރެވެ. އެކަލޭގެފާނަށް ފެނި ވަޑައިގެންނެވި ހުވަފެން ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވަވާފައެވެ. (إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ) " ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! އޭ ބައްޕާފުޅާއެވެ! ހަމަކަށަވަރުން އެގާރަ ތަރިއާއި އިރާއި ހަނދު އަޅުގަނޑަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ އެތަކެތި އަޅުގަނޑަށް ސަޖިދަކުރާތީއެވެ."

ޔޫސުފުގެފާނު އެކަލޭގެފާނަށް ﷲ ދެއްވެވި ނިޢުމަތްތައް ހަނދުމަކުރައްވަވައި އެއިލާހަށް އެކަމަށް ޙަމްދުކޮށް ޝުކުރު ކުރެއްވެވިއެވެ. އަދި ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުން ޢުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެއްވެވީ މިޞްރުގައެވެ.  

 

- ނުނިމޭ - 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
  ކޮއްކޮގެ ލައިބްރަރީ
 
  ރިވެތި އަޚްލާޤް