بســــم اللّـه الـرحمـن الرحـــيم
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.أما بعد:
ލޯބިވާ ކޮއްކޮމެންނޭވެ!
ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ދެވަނަ ރުކުނެވެ. ނަމާދަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލެވެ.
ކޮއްކޮމެންނޭވެ! އަހަރެމެންގެ އިސްލާމްދީން އަހަރެމެންނަށް ބާރުއަޅަނީ ސާފުތާހިރުކޮށް އުޅުމަށެވެ. އަދި ހަމަ އެއާއެކު ނަމާދު ކުރުމަށްޓަކައި އަހަރެމެން ސާފުޠާހިރު ވާންޖެހޭނެއެވެ. ވުޟޫ ނުކޮށް ކުރާ ނަމާދު ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލެއް ނުކުރައްވާނެއެވެ.
ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާތަކުން މިއަދު ތިޔަކުދިންނަށް މި ހުށަހަޅާދެނީ ތިޔަކުދިން ވުޟޫ ކުރާނެގޮތެވެ. ތަސްވީރު ތަކެއްގެ ޛަރީޢާއިން، ތިޔަ ކުދިންނަށް ވިސްނައި ދަސްކުރުމަށް ފަސޭހަވާނޭ ގޮތަކަށެވެ.
އެހެންވީމާ ހުރިހާ ކުދިންވެސް ވުޟޫކުރަން ދަސްކޮށް، ނަމާދު ކުރުން މަތީ ދެމިތިބޭށެވެ. އަދި މައިންބަފައިންނާއި މުދައްރިސުންގެ ބަސްއަހާ ކުދިބަޔަކު ކަމުގައި ވާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން އެންމެންނަކީ ނަމާދަށް ރައްކާތެރިވެ އެނަމާދުގެ ވަގުތުގައި ނަމާދުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އަހަރެމެން އެންމެންނަކީ މައިންބަފައިންނާއި މުދައްރިސުންގެ ބަސްއަހާ އިޙްތިރާމްކުރާ، އަދި އެމީހުންގެ ލޯބި ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް އަހަރެމެން އެންމެންނަށް ދެއްވާށިއެވެ. އާމީން
*******************









މި ފޮތް ޑައުންލޯޑު ކުރެއްވުމަށް ، މި އިމޭޖަށް ކްލިކް ކުރައްވާ

|