 |
|

|
##siteName##
 | ދުނިޔޭގައި ތިއްބަވަނިކޮށް ބައެއް އަޞްޙާބު ބޭކަލުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންނަކީ: |
 | ކޮއްކޯއެވެ! އެކަކު އަނެކަކަށް އެހީތެރިވުމަކީ އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަހަރެމެން އެހެން މީހުންނަށް އެހީނުވާނަމަ، މާދަމާ އަހަރެމެން އެހީއަށް ބޭނުންވާ ވަގުތު އަހަރެމެންނަށް އެހީގެ އަތެއް ފޯރުކޮށްދޭނެ މީހަކު ނުހުންނާނެއެވެ. އަހަރެމެންގެ ލޮބުވެރި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެންގެ ތެރެއިން އެންމެ ހެޔޮ މީހާއަކީ އަހަރެމެންގެ ތެރެއިން މީހުންނަށް އެންމެ އެހީވާ މީހުންނަށް އެންމެ ފައިދާހުރި މީހާކަމަށެވެ. |
 | ޔޫސުފުގެފާނު ރަސްގެފާނުގެ ހުވަފެން މާނަކުރައްވަވަމުން ވިދާޅުވި, ތަދުމަޑު ދުވަސްތަކާ މީސްތަކުން ކުރިމަތިލާން ޖެހިއްޖެއެވެ. މިޞްރާއި ޝާމުކަރައިގެ އަހުލުވެރިންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިވެއްޖެއެވެ. ޔޫސުފުގެފާނުގެ ބައްޕަ, ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދެވީ ޝާމުކަރައިގައެވެ. |
 | ޔޫސުފުގެފާނަކީ ޢިލްމުވެރި އަމާނަތްތެރިބޭކަލެކެވެ. އެހެންކަމުން މީސްތަކުން އެފަދަ ދަތިހާލަކަށް ދޫކޮށް، ހަމައެކަނި އެ ޚަޒާނަތައް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އަމީރުން އެތަކެތީގެ ބޭނުންހިފަމުންދާކަށް އެކަލޭގެފާނު އެއްގޮތަކަށްވެސް ބޭނުންފުޅުވެ ވަޑައެއްނުގަންނަވައެވެ. މީސްތަކުން ބަނޑަށްޖެހި މަރުވަމުންދާތަން ބައްލަވާކަށް އެކަލޭގެފާނަށް ކުޅަދާނަވެ ވަޑައެއްނުގަންނަވައެވެ. |
 | ރަސްގެފާނު ފޮނުވިމީހާ ޔޫސުފުގެފާނުގެ އަރިހަށް ދިޔައެވެ. އަދި ބުންޏެވެ. "އަހަރެން މި އައީ ރަސްގެފާނު ފޮނުއްވަވައިގެން ކަލޭގެފާނު ބަލައެވެ." |
|
|
|
|
|
ލިޔުންތަކުން ހޯދުމަށް |
|
|
|
|
|
|
|
|
|
|
 |
|
 |