##siteName##

 ބޭބެގެ ޤަލަމުން
 

އެންމެ މޮޅު އަދި އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށް ވާން ބޭނުންތަ؟

ކޮއްކޯއެވެ! އަހަރެމެންގެ މަންމައިންނާއި ބައްޕައިންނަކީ އަހަރެމެން މި ދުނިޔެއަށް އައުމަށް ﷲ މެދުވެރި ކުރެއްވި ސަބަބެވެ. އަހަރެމެން އެންމެ ކުޑައިރުއްސުރެ އަހަރެމެންގެ ހުރިހާކަމެއް ބަލަހައްޓައި ބޭނުން ހުރިހާކަމެއް ކޮށްދީ ހަދަނީ މައިންބަފައިންނެވެ.

ކޮއްކޯއެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އެދެމީހުންގެ ބަސްއެހުމަކީ އަހަރެމެންގެ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މައިންބަފައިންގެ ކުރިމަތީގައި ބޮޑާހޭކުމާއި އަޑުގަދަކުރުމާއި އެދެމީހުންނަށް އިޙްތިރާމް ނުކުރުމަކީ ދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުންވެސް ބޮޑުވެގެންވާ ނުރައްކަލަކާއި ކުރިމަތި ވާނޭ ކަމެކެވެ.

ކޮއްކޯއެވެ! މަންމައާއި ބައްޕަގެ ބަސްއަހާށެވެ! މަންމައާއި ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ކުދިންނަކީ ކިޔެވުމުގެ މައިދާނުގައި އެންމެ މޮޅެތި ކުދިން ކަމުގައި ވެގެންދާނެއެވެ. ސަބަބަކީ ކޮއްކޮ ބަސްއަހަން ފެށުމުން މަންމައާއި ބައްޕަ ކޮއްކޮއަށްޓަކައި ހެޔޮދުޢާ ކޮށްދޭނެއެވެ. އަދި މައިންބަފައިން ދަރިންނަށްޓަކައި ކުރާ ދުޢާ ﷲ އިޖާބަކުރައްވާނެއެވެ.

އެހެންކަމުން ކިޔެވުމުގައި މޮޅު ކުއްޖަކަށްވާން ބޭނުންނަމަ، މައިންބަފައިންގެ ބަސްއަހާ ކުއްޖަކަށްވާށެވެ. އެންމެންގެ ލޯބިލިބިގެންވާ ކުއްޖެއްކަމުގައިވާން ބޭނުންނަމަ، މައިންބަފައިންގެ ބަސްއަހާ ކުއްޖަކަށްވާށެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
 » ކޮއްކޮގެ ލައިބްރަރީ
 
 » ރިވެތި އަޚްލާޤް