ކޮޅަށް ހުރެގެން ކައިބޮއިހެދުމާއި ބެހޭ ގޮތުން އެއްފަހަރެއްގައި އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާ ސުވާލު ދެންނުވުމުން ހަދީޘްކުރެއްވިއެވެ. "އެއީ އަދި މާ ހުތުރު މާ ނުބައި ކަމެކެވެ." މި ނޫނަސް މިކަމާ ބެހޭ ގޮތުން ކިތަންމެ ހަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. އެހުރިހާ ޙަދީޘްތަކެއްގެ އަލީގައި އިސްލާމްދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކޮޅަށް ހުރެގެން ކައިބޮއި ހެދުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ. ތިޔަކުދިންނަށް ވެސް އެނގޭނޭ ފަދައިން މަކްރޫހަ ކަންކަމަކީ ކުރުމުން ފާފައެއް ނުވިޔަސް ނުކުރުން މޮޅު އިތުރުވެގެން ވާ އަދި އެކަންކަން ނުކޮށް ދޫކޮށްލުމުން ޘަވާބުވެސް ލިބޭނޭ ކަންކަމެވެ.
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.
|