ދަސްކުރާށެވެ. އަހަރެމެން އަނގަޔަށް ލާ ކާތަކެތި އަހަރެމެންގެ ދަތްތަކުން ހަފާ ހިމުންކޮށްލަމުއެވެ. އެއަށް ފަހު ކުޅާއެކީ ދިރުވާލަމުއެވެ. ދިރުވާލުމުން ކުރިއަށް ވުރެ ވެސް ބޮޑަށް އެތަކެތި ހިމުންވެދެއެވެ. ދެން އެތަކެތި ކަރުތެރެއިން ލައިފާ ދަނީ މައިދާއަށެވެ. މައިދާއަކީ ކާތަކެތި ހަޖަމުކުރާ ގުނަވަނެވެ. މައިދާ އޮންނަނީ އިންސާނާގެ ކާތަކެތި ދަތުރުކުރާ ހޮޅިއާއި ހިމަގޮހޮރާއި ދެމެދުގައެވެ. މައިދާއަށް ކާތަކެތި ދިއުމުން އެތަކެތި ފިއްތާލުމަށް ފަހު އޮލަ ދިޔާ އެއްޗަކަށް ހަދާލައެވެ. އެއަށް ފަހު ހިމަގޮހޮރަށް ފޮނުވާލައެވެ. ހިމަގޮހޮރުން އިތުރަށް އަނެއްކާވެސް އެކާނާ އިތުރަށް އޮލަކޮށްލައެވެ.
ދެން މި ގޮތަށް އޭގައި ހުރި ހަށިގަނޑަށް ބޭނުންވާ ބައި ހަށިގަނޑުގައި ބޭނުންކުރުމަށް ފަހު ބޭނުން ނުވާ ބައި ބޭރުކޮށްލައެވެ. މި މަސައްކަތް ހަށިގަނޑުގެ ގުނަވަންތަކުން ވީހާ ރަނގަޅަކަށް ކުރުވަންޖެހެއެވެ. އެހެންނޫނީ އަހަރެމެންނަށް ތަފާތު ބަލިތައް ޖެހެން ފަށާފާނެއެވެ. މިހެންވުމުން އޮށޯވެ އޮވެގެން ކައިބޮއި ހެދުމަކީ ރައްކާތެރިކަމެއް ނޫނެވެ.
އަދި އެއީ ބޮޑާވެރިކަމުގެ ސިފައެއްގެ އިތުރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިގައިވާ ރިވެތި ނަމޫނާ އާ ވެސް ޚިލާފުކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނު އޮށޯވެއޮންނަވައިގެން ފަރިއްކުޅުއްވާ ނުހައްދަވަމެވެ." –ރަވާހުލް ބުޚާރީ-
މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޕަބްލިޝްކުރެވިފައިވާ (ކެއިން ބުއިމުގެ އަދަބު) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.
|