##siteName##

 ޢިބުރަތްތެރި ވާހަކަ
 

ހެއްލުމަކީ ގެއްލުމެއް

ވަލުތެރޭގައި އުޅޭ ހިޔަޅެއް ބަނޑުހައިވެގެން ކާނެ އެއްޗެއް ހޯދުމުގެ ބޭނުމުގައި އެކި ދިމާދިމާއަށް ބަލަމުން ހޯދަމުން ހިނގަމުން ދަނިކޮށް ގަހެއްގައި އިށީނދެގެން އިން ދޮންދީނިއެއް ފެނިއްޖެއެވެ. ކޮންމެވެސް ގޮތަކުން ދޮންދީނި އަތުލައި ގަންނަންވީއޭ ހިޔަޅުގެ ހިތަށްއެރިއެވެ. ހިޔަޅު ދޮންދީނި އިށީނދެގެން އިން ގަހާއި ކައިރިއަށް އަތުވެއްޖެއެވެ. ގަހުގެ ބުޑުގައި އޮވެގެން ގޮވާލިއެވެ. "އަހަރެންނަށް މިއިވެނީ ހާދަހާ ރީތި ރާގެކެވެ. ހާދަހާ ރީތި އަޑެކެވެ. އެއީ ހާދަހާވާ ރީތި އޮމާން އަޑެކެވެ. ހަމަ ޔަޤީނެވެ. އެއަޑުގެ ވެރިޔާވެސް ހަމަ އެހާ ފުރިހަމަވެފައި ރީތިވާނެއެވެ. އަހަރެންނަށް އެއަޑުގެ ވެރިޔާއާއި ބައްދަލުކުރެވޭނެ ފުރުޞަތެއް ލިބޭނެނަމައެވެ. އޭނާގެ ރީތިކަމާއި ފަރިކަން ވަރަށް ކައިރިން ބަލައިލާން އަހަރެންގެ ހިތް ނުލާހިކު ބޮޑަށް އެދެއެވެ. އަހަރެންގެ ކައިރީގައި އިނދެގެން އަހަރެންނަށް އެރީތި އޮމާން އަޑުން ލަވައެއް ކިޔައިދޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެހެންވެއްޖެނަމަ އަހަރެންނަކީ ވަރަށް ނަސީބުވެރިއެއްކަމަށް އަހަރެން ދެކޭނަމެވެ."

ހިޔަޅު މިކިޔާ ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އަޑުއަހަން އެއްކަލަ ދޮންދީނި ގަހުގައި އިނެވެ. ހިޔަޅު މިދައްކާހާ ވާހަކަތަކަކީ ވަރަށް އިޚްލާޞްތެރި ކަމާއިއެކު ދައްކާ ވާހަކަތަކެއް ކަމަށް ދޮންދީނިއަށް ހީވިއެވެ. ވީމާ ހިޔަޅު އެދޭ އެދުން ފުރިހަމަކޮށްލައިދިނުމަކީ ކޮންމެހެންވެސް ކޮށްދޭންޖެހޭނެ ކަމެއް ކަމުގައިވެސް އޭއްޗަށް ހީވެއްޖެއެވެ.

ދޮންދީނި މާގިނަ ވަޤުތުތަކެއް ދުއްވާލާކަށް ނަހަދައެވެ. ހިޔަޅުގެ އެދުމާއި އެއްގޮތަށް އެއާ ބައްދަލުކޮށް އެއަށް ރީތި ރާގުރާގު އިއްވާލަދޭން އޭގެ ކައިރިއަށް ދާނަމޭ ހިތާ ބިމަށް ތިރިކޮށްލައިފިއެވެ. އެސޮރަށް ބިންމަތީގައި ރަނގަޅަށް ނީށީނދެވެނީސް ހިޔަޅު އޭގެ ވަކިތައް ދޮންދީނިގެ ނާޒުކު ހަށިގަނޑަށް ވައްދާލައިފިއެވެ. އިސާހިތަކު ދޮންދީނި މަރުވެއްޖެއެވެ. މަރުވެފައި އޮތް ދޮންދީނިއާއި ދިމާއަށް ބަލަހައްޓައިގެން އިނދެފައި ހިޔަޅު ބުންޏެވެ. "ދޮންދީނިގެ އަޑު ކިތަންމެ ރީއްޗަކަސް އަދި ދޮންދީނިއެއްގެ ސިފަ ކިތަންމެ ރީތިވިޔަސް އަހަރެންނަށް އެއިން ކުރާނެ ފައިދާއެއްނެތެވެ. މިވަގުތު އަހަރެން ބޭނުމީ ހަމައެކަނި ބަނޑުހައި ހޫނުކަން ފިލުވާލާށެވެ." މިހެން ކިޔާފައި މަރުވެފައި އޮތް ދޮންދީނި ކާލައިފިއެވެ.

 

ވާހަކައިން ލިބޭ ޢިބްރަތް:

(1)މީހަކު ހަދަހަދާއިގެން ވާހަކަ ދައްކައި ތިމާގެ ތަޢްރީފުކުރާ ކަމުގައި ވަނީނަމަ، އޭނާގެބަސް ތެދުކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

(2) މާބޮޑަށް މީހަކު ޚުޝާމަދުކޮށް ވާހަކަ ދައްކާނަމަ އެންމެ މޮޅުގޮތަކީ އޭނާގެ ބަސް ޤަބޫލު ނުކުރުމެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
 » ކޮއްކޮގެ ލައިބްރަރީ
 
 » ރިވެތި އަޚްލާޤް