##siteName##

 ޢިބުރަތްތެރި ވާހަކަ
 

ބުއްދިވެރި ތޯތާއާއި ހަރުފަ

ޖަންގަލީ ވަލުތެރޭގައި ބޯކޮށް ގަސްހެދިފައިވާ ހިސާބުގައި ވަރަށް ބިޔަ ގަހެއް ހުއްޓެވެ. ގަހުގެ އެކިހިސާބުގައި ބޮޑެތި ހޮރު ކަހަލަ ބާގަނޑު ހުއްޓެވެ. އެތަނުން ބާގަނޑެއްގައި ތޯތާއެއް އުޅެމުންދެއެވެ. ތޯތާ އޭގެ ޅަދަރީންނާއި އެކު ވަރަށް އުފަލުގައި އުޅެމުންދެއެވެ.

ވަލުތެރޭގައި އުޅެމުންދިޔަ ނާގަހަރުފައެއް ހިނގަމުން ހިނގަމުން ދަނިކޮށް ތޯތާއެއް އުޅޭ ގަހަކާ ހިސާބަށް ނުކުމެވިއްޖެއެވެ. މިހަރުފަ އެތަންމިތަނަށް ބޯކޮށްޕަމުންގޮސް ތޯތާގެ ހޮރާކައިރިއަށް އަތުވެއްޖެއެވެ. ދެން ތޯތާ ފައްސާލާފައި ހުރިހާ ޅަދަރީންތައް ކާލައިގެން ހިނގައްޖެއެވެ. ތޯތާ އެކަމާ ވަރަށް ހިތާމަ ކުރިއެވެ. ދަރިންނާއި ވަކިވުމުގެ ހިތާމައިގައި ދުވަސްތައް ވޭތުކުރަމުންދެއެވެ. ތޯތާގެ ލޮލުން ކަރުނަހިކޭ އެންމެ ހިނދުކޮޅެއް ނާދެއެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އަނެއްކާވެސް ތޯތާ ބިސްއަޅާ ދުވަސްވަރު އައިސް ބިސްއަޅައިފިއެވެ. ބިސް އެޅުމަށްފަހު ތޯތާގެ ހިތާމައަށް ކުޑަވަރެއްގެ ލުއިކަމެއް އަތުވެއްޖެއެވެ. އަނެއްކާވެސް އެއަށް ދަރިން ލިބެން އުޅެނީއެވެ. ބިސްފެޅި އެސޮރުގެ ދަރިން ވިހެއުމުން އަނެއްކާވެސް އެކަނިވެރިކަން ފިލާނެއެވެ. އެކަމާއި އެސޮރު އުފާ ކުރިއެވެ. އެކަމަކު އެއާއިއެކު ބިރުވެރިކަންވެސް އެސޮރުގެ ހިތުތެރޭގައި އެބައޮވެއެވެ. އެއީ އަނެއްކާވެސް އެއްކަލަ ހަރުފަ އައިސް އެސޮރުގެ ޅަދަރިންތައް ކާލާނެކަމުގެ ބިރެވެ. އެކަމާ ތޯތާ ހަރުފަގެ ކިބައިން ސަލާމަތްވާނެ ގޮތެއްވޭތޯ ވަރަށް ވިސްނިއެވެ.

އެއްދުވަހަކު ތޯތާ އުދުހެމުން ދަނިކޮށް އޭއްޗަށް އެއްގަމު ކެއުޅުކަން ކުރަން އުޅޭ މީހަކު ފެނިއްޖެއެވެ. ތޯތާ އަވަހަށް ގަހަކަށް ތިރިކޮށްލިއެވެ. އަދި ތުންގަނޑުން އެސޮރުގެ ފިޔަގަނޑާއި ގައިގެ އެކިތަންތާނގައި ތަރުތީބު ގެއްލިފައިވާ ފަތްތައް ރީތިކޮށް ތަރުތީބުކޮށްލާ ވަރަށް ރީތިވެލިއެވެ. އަދި ކެއުޅު ކަލޭގެއަށް ފެންނަ ހިސާބަށް ތިރިއަށް ހިނގައްޖެއެވެ. ގޮސް އެމީހާ ކިރިޔާ އަތްފޯރާ ހިސާބުގައި ގަހެއްގެ ގޮފިގަނޑެއްގައި ޖައްސާ ލައިފިއެވެ. ކެއުޅުކަލޭގެ އެތަން ބަލަންހުރެފައި ތޯތާ އިށީނދެއިން ގަހާ ކައިރިއަށް ހިނގައްޖެއެވެ. ތޯތާ ހަމަ ހިފަން އުޅޭ އިރަށް މަޑުމަޑުން އުދުއްސައިގަނެއެވެ. މިގޮތަށް ޝިކާރަވެރިޔާ ތޯތާގެ ފަހަތުންހުރެ ދެއެވެ. ތޯތާ ޝިކާރަވެރިޔާ ތޯތާގެ ފަހަތުންހުރެ ދެއެވެ. ތޯތާ ޝިކާރަވެރިޔާއަށް ނުފެންނަ ހިސާބަކަށް ނުދެއެވެ. ބާރަށް އުދުއްސައެއްވެސް ނުގަނެއެވެ. މަޑުމަޑުން އުދުހެމުން އެސޮރު އުޅޭ ގެއާއި ދިމާއަށް ދިޔައެވެ. ޝިކާރަވެރިޔާވެސް އެސޮރުގެ ފަހަތުން ދެއެވެ.

ތޯތާ މިގޮތަށް ދަމުންދަމުންގޮސް އެސޮރުއުޅޭ ގަހާއި ހިސާބަށް ހިނގައްޖެއެވެ. ގޮސް ގަހުގެތިރީގައި ގޮފިގަނޑެއްގައި ޖައްސާލައިފިއެވެ. ޝިކާރަވެރިޔާވެސް އެސޮރުގެ ފަހަތުން އައެވެ. މިހިސާބުން ތޯތާ ގަހުގެ މައިގަނޑުގައި ހުރި ގޮފިތަކަށް އަރަން ފަށައިފިއެވެ. އަދި އެސޮރުގެ ހޮރާއި ދިމާއަށް ދާންފަށައިފިއެވެ. އޭރު އެތާނގައި އެއްކަލަ ހަރުފަ އޮތެވެ. ތޯތާ ހަރުފަ އޮތް ދިމާއިންލާފައި އުދުއްސައިގަތެވެ.

ކުއްލިއަކަށް ޝިކާރަވެރިޔާއަށް ހަރުފަ ފެނިއްޖެއެވެ. ތޯތާ އުދުހިގެން ދިޔައެވެ. އެހިސާބުން ޝިކާރަވެރިޔާ ތޯތާ މަތިން ހަނދާން ނެތިއްޖެއެވެ. ތޯތާގެ ބަދަލުގައި ސަމާލުކަން ދިނީ ހަރުފައަށެވެ. ކުއްލިއަކަށް ޝިކާރަވެރިޔާ ހަރުފައާއި ހަމަލާދީ ހަރުފަ މަރާލައިފިއެވެ. އެއަށްފަހު ހޯދަހޯދާ ތޯތާ ނުފެނިގެން ގެއަށް ހިނގައްޖެއެވެ.

އެއްކަލަ ތޯތާ މިތަންބަލަން ތަންކޮޅެއް ދުރުގައި ފިލާ އިނެވެ. ޝިކާރަވެރިޔާ ދިއުމުން އެސޮރުގެ ހޮރަށް އައިސް ތިރިކޮށްލިއެވެ.

ދެތިން ދުވަހެއްގެ ތެރޭގައި އޭގެ ޅަދަރިންތައް ވިހައިފިއެވެ. ތޯތާ އޭގެ ދަރިންނާއިއެކު އުފާވެރި ދުވަސްތަކެއް ހޭދަ ކުރަން ފެށިއެވެ. އަމަން އަމާންކަމާއި އެކުގައެވެ.

ވާހަކައިން ލިބޭ ޢީބްރަތް:

ބުއްދިވެރިޔާ އޭނާގެ ބުއްދިން ތިމާގެ ނަފްސު ގެއްލުމާއި ހަލާކުން މިންޖު ކުރުވަފާނެއެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
 » ކޮއްކޮގެ ލައިބްރަރީ
 
 » ރިވެތި އަޚްލާޤް