ރީމާ އަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ރީމާ އޭނާގެ މަންމައަށް އެހީތެރިވެދީ އަވަށްޓެރިންނަށް އޯގަތެރިވެއުޅެއެވެ. އަދި ކޮންމެ ދުވަހަކުވެސް އެ ދެމައިން، ﷲ ހަނދުމަކޮށް އެ އިލާހަށް ޝުކުރުކުރެއެވެ. އެއްދުވަހަކު ހެނދުނު ރީމާ އޭނާގެ މަންމަ ގާތުގައި ސުވާލު ކުރިއެވެ. " މަންމާ، ސިފަތަކުގެ ތެރެއިން އެންމެ ރިވެތި ވެގެންވާ ސިފަ އަކީ ކޮބާތޯ؟" މަންމަ ބުންޏެވެ. "އެއީ ތެދުވެރި ކަމެވެ. ތެދުވެރި ކަމަކީ ﷲ ވަރަށް ލޯބިވެވިޑިގެންވާ ސިފައެކެވެ." މިހެން ބުނާ އަޑު އަހާފައި ރީމާ ވަރަށް އުފާވިއެވެ. އަދި ބުންޏެވެ. " މީގެ ފަހުން އަޅުގަނޑަކީ އަބަދުވެސް ތެދުވެރި ކުއްޖަކަށް ވާނަމެވެ."
|