##siteName##

 ބޭބެގެ ޤަލަމުން
 

މުސްލިމް ޢާއިލާއެއް

އަހަރެން މުސްލިމު ޢާއިލާއެއްގެ ދިރިއުޅުން ދުށީމެވެ. އެމީހުންގެ ދިރިއުޅުން ފެނިފައި ޢަޖާއިބުވިއެވެ. އެ ޢާއިލާގައި މަންމަ އާއި ބައްޕަ ގެ އިތުރުން ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ހިމެނެއެވެ.

ޢާއިލާގެ ހުރިހާ މެމްބަރުންނަކީވެސް ކީރިތި ޤްރުއާން ހިތުދަސް ކުރަމުންދާ ބައެކެވެ. ބައްޕައަކީ ވިޔަފާރިވެރިއެކެވެ. މަންމަ އަކީ ސްކޫލެއްގެ މުދައްރިސާއެކެވެ. ހުރިހާ ކުދިންވެސް ކިޔަވަމުންދަނީ ކީރިތި ޤްރުއާން ހިތުދަސްކުރާ ސްކޫލްގައެވެ.

ބައްޕައަކީ ވިޔަފާރީގައި ތެދުވެރި އަމާނާތްތެރި މީހެކެވެ. އެއްވެސް މީހަކަށް މަކަރެއް ނަހަދައެވެ. އަދި ވިޔަފާރީގައި ޢާއްމުންނަށް ގަނެވޭފަދަ ދަށް އަގެއްގައި އެއްޗެތި ވިއްކައެވެ. ކިތަންމެ ކުޑަ ފައިދާއެއް ލިބުނަސް އެއަށް ރުހެއެވެ. އަދި ވިޔަފާރިކުރަން އަންނަ މީހުންނަށް އެމީހުންނަށް އެންމެ އެކަށީގެންވާ އަދި ކަމުދާ އެއްޗެއް އިޚްތިޔާރުކުރުމުގައި އެހީތެރިވެދީ ހަދައެވެ. މަކަރު ހަދާ މީހުންނަށް މުދާ އަވަހަށް ވިއްކާލުމަކަށް ނޫޅެއެވެ.

މަންމަ ދަރިންނަށް ނަމާދު ކޮށް ދުޢާކުރުމާއި ޒިކުރުކުރަމަށް އަމުރުކޮށް ތަރުބިއްޔަތުކުރުވައެވެ. މި ދެ މީހުންގެ ހުރިހާ ދަރިންވެސް ކީރިތި ޤްރުއާނާއި އިސްލާމް ދީނުގެ ޢިލްމު އުނގެނުމަށް ރައްކާތެރިވެއެވެ. އަދި އެކަމަށް ގަދައަޅާ މަސައްކަތް ކުރެއެވެ. ބައްޕަ އޭނާގެ މަސައްކަތުގައި ހީވަގި ކަމާއެކު އުޅެ ޢާއިލާގެ ޚަރަދު ބަލައްހައްޓައެވެ. އަދި ދަރިންނަށް ނަޞޭޙަތްދީ ހަދައެވެ.

ޢާއިލާގެ ހުރިހާ މެމްބަރުންނަކީ ވެސް ވަރަށް އެކުވެރި ކުދިންކޮޅެކެވެ. އެކަކު އަނެކަކަށް އިޙްތިރާމްކޮށް ހެޔޮކަންތައްތަކުގައި އެހީތެރިވެދީ ހަދައެވެ. އަދި އެހެން މީހުންނާމެދު ހެޔޮގޮތުގައި މުޢާމަލާތް ކުރެއެވެ.

ރަމަޟާން މަސް ކުރިމަތިލައިފިނަމަ ފަޤީރުންނާއި މިސްކީނުންނަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ދިނުން އިތުރު ކުރެއެވެ.  އަދި ޢީދުތަކުގައި ފަޤީރުންނަށް ޒިޔާރަތްކޮށް އެމީހުން އުފާކޮށްދީ ހަދައެވެ. މިހެންވެ ފަޤީރުން މި ޢާއިލާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އަދި ކައިރި އަވަށްޓެރިންނާއި އެހެނިހެން ރަޙްމަތެރިންނާއި މީސްތަކުން ކަމަކު އެދިއްޖެނަމަ ހެޔޮހިތުން އުފަލާއެކު ވެދެވެންއޮތް އެހީއެއް ވެއެވެ. މިއީ ހާދަހާވަ ރަނގަޅު ޢާއިލާއެކެވެ.



 

 » ޢިބްރަތްތެރި ވާހަކަ
 
 » ކާޓޫނު ވާހަކަ
 
 » ޤުރްއާން
ޤުރްއާން އޯޑިއޯ - ސޫރަތުއްޟުޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް

ފަޟީލަތުއްޝައިޚް އަލްޤާރީ މުޙައްމަދު ޞިއްދީޤް އަލްމިންޝާވީ - ރަޙިމަހުﷲ

 
 » ކޮއްކޮގެ ލައިބްރަރީ
 
 » ރިވެތި އަޚްލާޤް