 ކޮއްކޯއެވެ! އެކަކު އަނެކަކަށް އެހީތެރިވުމަކީ އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަހަރެމެން އެހެން މީހުންނަށް އެހީނުވާނަމަ، މާދަމާ އަހަރެމެން އެހީއަށް ބޭނުންވާ ވަގުތު އަހަރެމެންނަށް އެހީގެ އަތެއް ފޯރުކޮށްދޭނެ މީހަކު ނުހުންނާނެއެވެ. އަހަރެމެންގެ ލޮބުވެރި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެންގެ ތެރެއިން އެންމެ ހެޔޮ މީހާއަކީ އަހަރެމެންގެ ތެރެއިން މީހުންނަށް އެންމެ އެހީވާ މީހުންނަށް އެންމެ ފައިދާހުރި މީހާކަމަށެވެ. |